ފައިސާގެ އަގުބޮޑު އިނާމްތަކާ އެކު މި އަހަރުގެ ރޯދަ މަހު ވެސް އުރީދޫ މަސްރޭސް ފަށައިފި އެވެ.

އުރީދޫ ސީނިއާ ޝްޕެލިއަސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހްމަދު ދީދީ ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ 16 ޓީމަކުން މަސްރޭހުގައި ބައިވެރިވެފައިވާ ކަމަށެވެ.

އުރީދޫގެ ފަރާތުން ބާއްވާ "މަސް ރޭސް" ކިކް-އޮފް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މަރިޔަމް ވިދާޅުވީ މިއަހަރު ވެސް އެއްވަނަ އަށް ދާ ޓީމަކަށް 50،000 ރުފިޔާ އާއި "ހަސަން މެރީ އިންޖީނިއަރިން ސޮލިއުޝަން" ފަރާތުން ދޭ އިންޖީނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ކޮންމެ ރެއަކު ވެސް އެންމެ ގިނަ ޕްއިންޓް ހޯދާ ޓީމަކަށް 3000 ރުފިޔާ އާއި 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ފަރާތުން ބާއްވާ "މަސް ރޭސް" ކިކް-އޮފް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އުރީދޫ މަސްރޭހުގައި ކޮންމެ ހަފްތާ އަކު ހަތަރު ޓީމެއް ވާދަކުރާ އިރު ފައިނަލަށް ދާނީ ކޮންމެ ރެއަކުން ވެސް އެއްވަނަ އަށްދާ ޓީމެކެވެ.
އުރީދޫގެ ފަރާތުން ބާއްވާ "މަސް ރޭސް" ކިކް-އޮފް، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"މަސް ރޭސް ޖަޖުކުރުން ކުރިއަށްދާ ވަގުތު އަޑު ޕާކް ސަރައްދުގައި ވަރަށް ފޯރިގަދަ ހަރަކާތްތައްތަކެއް ކުރިއަށްދާނެ. ބެލުންތެރިންނަށް ސަޕްރައިޒިން މަންޒަރުތަކެއް މިއަހަރު ވެސް ފެނިގެންދާނެ، " މަރިޔަމް ވިދާޅުވި އެވެ.