28 Jun 2014, 14:41
އެއް ނަންބަރު ކުނިކޮށި ހުސްކުރުމަށް ޓަކައި އެ ކުނި ކޮށި ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެއް ނަންބަރު ކުނިކޮއްޓަކަށް އަޅަމުންގެންދާ ގާކުނޑިތައް އެޅުމަށް މިހާރު ހަމަޖެހިފައި ވަނީ އުފުލި ޖެޓީގައި އޮންނަ ލޭންޑިން ކްރާފްޓަށް ކަމަށެވެ. އެ އިއުލާންގައިވާ ގޮތުން އެއް ނަންބަރު ކުނިކޮށި ވަގުތީ ގޮތުން ބަންދުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ލޭންޑިން ކްރާފްޓަށް ގާކުނޑި އެޅޭނީ ހެނދުނު 10:00 ން ފެށިގެން ރޭގަނޑު 11:00 އަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
އެތައް އަހަރެއް ވަންދެން ގާކުނޑިއަޅަމުން ގޮސް "ކުނީގެ ފަރުބަދަ" ހެދިފައި އޮތް އެއް ނަންބަރު ކުނިކޮށި، ސިފައިން ނުކުމެ މިދިޔަ އަހަރު ވަނީ ހުސްކޮށްފަ އެވެ. އަދި އޭގެ ފަހުން އަލުން ކުނިއަޅަން ފަށާފައިވާ އިރު މިހާރު ވަނީ އަނެއްކާވެސް ކުނި ޖަމާވެފަ އެވެ.