28 Jun 2014, 13:52
ސައިރިކްސް ކޮލެޖުގެ ކޯސްތައް ފުރިހަމަކުރި 200 އަށް ވުރެ ގިނަ ކުދިންނަށް ދަސްވެނިމުނު ކަމުގެ ލިޔުން ދީފި އެވެ.
ސައިރިކްސް ކޮލެޖްގެ 2014 ވަނަ އަހަރުގެ ކޮންވިކްޝަން ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގެ ރަންނަބޑޭރި މާލަމުގަ އެވެ. ހަފުލާ ޝަރުފުވެރިކޮށް ދެއްވީ ކުރީގެ ރައީސުލްޖުމުހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމެވެ.
ހަފްލާ ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސައިރިކްސް އަކީ ރާއްޖޭގެ ވަރަށް މަގުބޫލު ގިނަ ކޯސްތަކެއް ހިންގާ ކޮލެޖެއް ކަމަށެވެ. އަދި ވިދާޅުވީ ސައިރިކްސް ކޮލަޖަކީ ބޭރުގެ އެހެން ޔުނިވާސިޓީތަކުން ވެސް ގަބޫލުކުރާ ފެންވަރަށް ކޯސްތައް ހިންގާ ކޮލެޖެއް ކަމަށެވެ.
ސައިރިކްސް ކޮލެޖުން މި އަހަރު ވަނީ ތަފާތު 10 ކޯހަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖްއޭޓްވެފަ އެވެ. އޭގެ ތެރޭގައި ޑިގްރީ، ޑިޕްލޮމާ ކޯސްތައް ހިމެނެ އެވެ.
ސައިރިކްސް ކޮލެޖުގެ މި އަހަރުގެ ގުރުޖެއޭޝަން ހަފްލާގައި ޗެއާމަންސް އެވާޑް އަށް ކުއްޖަކު ޙާސިލްކޮށްފައިވެ އެވެ. އަދި އަލްމަރުޙޫމާ އޮގަރު ފާއިޒާ އަލީ އެވޯޑު ފޯ އެކްސެލެނެސް އާ އެކު އެ އާއިލާއިންދޭ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހާސިލްކުރީ ވަސީލާ މޫސާ އެވެ.
ސައިރިކްސް ކޮލެޖުގެ ފަރާތުން ކޮންމެ އަހަރަކު ދެ ސްކޮލަޝިޕް މައުމޫން ފައުންޑޭޝަން އަށް ދޭން ވަނީ ނިންމާފަ އެވެ. އަދި އެކަމުގެ ލިޔުން ވަނީ މައުމޫން ފަައުންޑޭޝަންއާ ހަވާލުކޮށްފަ އެވެ.