28 Jun 2014, 12:01
ހަސަތޭކަ މީހުންނަށް "އިބޯލާ" ބަލިޖެހިގެން ރިޕޯޓުކޮށްފައިވާކަމަށާއި އޭގެތެރެއިން 390 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ "އިބޯލާ ވައިރަސް" އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އެފްރިކާގެ ހުޅަނގުގައި އޮންނަ ރަށެއްކަމަށްވާ ގިނިއާއިން މިއަހަރުގެ މާޗު މަހުގައި ކަމަށެވެ. އަދި އޭގެފަހުން އެ ނުރައްކާތެރި ވައިރަސްވަނީހުއްޓުމެއްނެތި އަވައްޓެރި ދެރަށްކަމަށްވާ ސިއެރާ ލިއޯން އާއި ލިބިރީއާއަށްވެސް ފެތުރިފައިކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.
އެވައިރަސް ފެތުރުނަ ނުދީ ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްއިއްޔާއެއް ކަމަށްވާ "ޑޮކްޓާސް ވިތްއައުޓް ބޯޑާސް" އިން ވަނީ އެޖަމިއްޔާގެ 300 މުވައްޒަފުންނާއި 40 ޓަނުގެ ބޭސްފަރުވާގެ ތަކެތި އެގައުމުތަކަށް ފޮނުވާފައެވެ.
އެ 'ބޮޑު ރޯގާ' ވަނީ ހައްދުފަހަނަ އަޅައިގޮސްފައި،" ޑޮކްޓާސް ވިތްއައުޓް ބޯޑާސްގެ ޑިރެކްޓަރް އޮފް އޮޕަރޭޝަންސް ވިދާޅުވި އެވެ.
ގިނިއާގެ އެންމެ ބޮޑު އަވަށް ކަމަށްވާ ކޮނާކްރީގައި ވަނީ އެބަލި ޖެހިފައިވާ މީހުން އެހެން މީހުނާއި ވަކިކޮށްގެން ފަރުވާދޭނެ އިންތިޒާމެއްވެސް ހަމަޖައްސާފައެވެ. އިބޯލާ ވައިރަސްއަށް އަދި އެއްވެސް ފަރުވާއެއް ނުވަތަ ވެކްސިންއެއް އުފައްދާފަކައިނުވެއެވެ. ނަމަވެސް އަވަހަށް ފަރުވާދެވެން ފެށިއްޖެނަމަ މަރުން ސަލާމަތްކުރެވޭނެކަން ޑޮކްޓާސް ވިތްއައުޓް ބޯޑާސް އިން ވަނީ ސާބިތުކޮށްދީފައެވެ.
"އިބޯލާ ވައިރަސް" މިހާތަނަށް ކޮންޓްރޯލް ވުމެއްނެތި ފެތުރެމުން އައި އެންމެ ބޮޑު އެއް ސަބަބަކީ އެގައުމުތަކުގައި ދޭންވީ ފެންވަރުގެ ފަރުވާ ނުދެވޭތީކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކުރިއެވެ.
ޑަބްލިއުއެޗްއޯއިން ވަނީ އެބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އެކްސްޕާޓް ޓީމުތަކެއް އެ ބަލި ޖެހިފައިވާ މީހުން އުޅޭ ތިން ރަށަށް ފޮނުވާފަ އެވެ.
އެ ވައިރަސްގެ އެންމެ ފުރަތަމަ އަލާމާތްތަކަކީ ބޮލުގައި ރިއްސުމާއި، ހުން އައުމާއި، ވަރުބަލިވުމެވެ. މިއީ އާންމު ރޯގާއަކުން ވެސް މީހަކަށް ފެނިދާނެ އަލާމާތްތަކެކެވެ. ނަމަވެސް ހަގީގަތަކީ އެ ރޯގާ ޖެހިގެން ހުންއިސް ވަރުބަލިވާ ދުވަސްވަރު ހަށިގަނޑުގެ އިމިއުނިޓީ ފާރު އެއްކޮށް ފޫއަޅުވާލަ އެވެ. އޭގެ ފަހުން ގިނައިން ފާހާނާ ކުރެވި ހޮޑުލެވޭ ގޮތް ދިމާވެއެވެ.
އެންމެ ފަހު އަލާމާތަކަށް ފެންނަނީ އެތެރެ ހަށިންނާއި ބޭރު ފުށުން ލޭމަނާނުވެ ލޭފޭބުމެވެ. ބޭސްވެރިކަމުގެ ބަހުން ބުނާނަމަ މިއަށް ކިޔަނީ ހެމަރޭޖްވުމެވެ. އެއީ އެވައިރަސްގެ ސަބަބުން ހަށިގަނޑުގެ ލޭމަނާ ކުރާ ނިޒާމުގެ ބާރު ގެއްލުމުން ދިމާވާކަމެކެވެ. އަދި އެވައިރަސް އަށް އަވަހަށް ފަރުވާއެއް ނުދެވިއްޖެނަމަ އެބަލި ޖެހޭތާ މަދުވެގެން ދިހަ ދުވަސް ތެރޭގައި މަރުވުމަކީ އެކަނީގެންވާކަމެކެވެ.