ރޭ ފަތިހު ފުވައްމުލަކުގެ އެކި ސަރަހައްދުތަކަށް ހޮނުއަޅައި އެކިވަރުގެ ގެއްލުން ލިބިއްޖެ އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް މިހާރު ބަލަމުންދާ ކަމަށެވެ.

"ހޮނު އެޅި ސަރަހައްދުތަކާއި ލިބުނު ޖުމްލަ ގެއްލުން އެނގޭނީ މުޅި އަތޮޅުން ތަފްސީލް ލިބުމުން،" ފަލާހު ވިދާޅުވި އެވެ.

ހޮނު އެޅުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވާ ގޭގެ އާއި ބައެއް މުދަލަށް ގެއްލުންވެފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ހޮނު އެޅުމުގެ ސަބަބުން އެ ގޭގެ ވަޔަރިން އަދި ހިފާ ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުންވެފައި ހުރީ. އެކަމަކު އެއްވެސް ކަހަލަ ގޮވުމެއް ނުވަތަ އަލިފާނުގެ ހާދިސާއެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.