29 Mar 2010, 15:40
19:00
އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ވޯޓުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށް، އުފާ ފާޅުކުރުމުގެ ގޮތުން ޑީއާރުޕީގެ ފަރާތުން މިއަދު ހަވީރު ލޮރީ ބުރެއް ބާއްވައިފި އެވެ.
އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް މަގާމުން ދުރުކުރުވުމަށް މަޖިލީހުގައި އެތަށް ދުވަހެއްގެ ހޫނު ބަހުސްތަކަކަށް ފަހު 43 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވުމާއި ގުޅިގެން ޑީއާރުޕީން މިއަދު ބޭއްވި ލޮރީ ބުރާ ބެހޭގޮތުން ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހް މިއަދު ވިދާޅުވީ ލޮރީ ބުރުގެ މައިގަނޑު މަގްސަދަކީ ޑީއާރުޕީއޭ ކޯލިޝަނާއި އަދި ބައެއް އަމިއްލަ މެމްބަރުންގެ އެއްބާރުލެއްވުމާއެކު އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުވުމަށް ފާސްވި ފާސްވުމާއި ގުޅިގެން އެފަރާތްތަކަށް ޝުކުރު އަދާކޮށް އުފާ ފާޅުކުރުމުގެ ގޮތުން ބޭއްވި ލޮރީ ބުރެއް ކަމަށެވެ.
ގައުމީ ދިދަ އާއި ޑީއާރުޕީގެ ދިދަ ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތަކުގައި ހަވީރު 4 ން 6 ކުރިއަށް ދިޔަ އެ ލޮރީ ބުރުގައި ޑީއާރުޕީ އަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ މީހުންނާއި ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ އިތުރުން ޑީއާރުޕީގެ އިސްބޭފުޅުން ބައިވެރިވެލެއްވި ކަމަށް ސޯލިހް ވިދާޅުވި އެވެ.