އައްޑޫ ސިޓީ ފޭދޫ ކޯޒްވޭއާ ދިމާލުން މިރޭ އިރާކޮޅު މޫދަށް އެރުނު މީހަކު ގެނބެނިކޮށް، ދެ ފުލުހަކު މޫދަށް ފުއްމާލައިގެން އެ މީހާ ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ 8:12 އެހާކަންހާއިރު ފޭދޫ ކޯޒްވޭއާ ދިމާލުން 32 އަހަރުގެ މީހަކު މޫދުގައި "ގެނބެނިކޮށް ފުލުހުންނަށް ރިޕޯޓް ކުރުމާ" ގުޅިގެން ދެ ފުލުހަކު އެ ސަރަޙައްދަށް ގޮސް މޫދަށް ފުންމާލައިގެން އޭނާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.