ގެއްލުނުތާ ތިން މަސް ވެފައިވާ މެލެޝިއަން އެއާލައިންސްގެ އެމްއެޗް 370 ހޯދުމަށް އައު ސަރަހައްދެއް ޗެކްކުރުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވޮރަން ޓްރަސްއާ ހާވާލާދީ ބީބީސީގައި ބުނެފައި ވަނީ އެފުލައިޓު ހޯދުމަށްޓަކައި އޮސްޓްރޭލިއާގެ ހުޅަނގު ފަރާތުގައި އޮންނަ ކަނޑުގެ 1800 ކިލޯމީޓަރުގެ ސަރަހައްދެއް ޗެކްކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ސެޓެލައިޓް ޑޭޓާ ތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އޮސްޓްރޭލިއަން ޓްރާންސްޕޯޓު ސޭފްޓީ ބިއުރޯގެ ޗީފް، މާޓިން ޑޯލަން ވިދާޅުވީ އެ ސަރަހައްދު ޗެކްކުރުމުގެ މަސައްކަތް ފަށާނީ އަންނަ އޮގަސްޓު މަހުގައި ކަމަށާއި އެއް އަހަރު ދުވަހުގެ ތެރޭގައި އެސަރަހައްދު ޗެކްކޮށް ނިމޭނެ ކަމަށެވެ. އަދި އެ ހޯދުމުގައި އެތަކެއް ސަބްމެރިންއެއް ބައިވެރިވާނެ ކަމަށް ވެސް އޮސްޓްރޭލިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މެލޭޝިޔަން އެއާލައިންސްގެ އެމްއެޗް 370 ގެއްލިފައި ވަނީ 239 ޕަސިންޖަރުންނާ އެކު އެގައުމުގެ ވެރިރަށް ކުއާލާ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގްއަށް ދަތުރުކުރަމުން ދަނިކޮށެވެ.