08 Jan 2011, 09:38
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިޔާގެ ކަނޑުގެ ސިފައިންނާ ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދު ވައިގެމަގުން ބަލުމުގެ އާ ބުރެއް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުރާސްފަތި ދުވަހު ބުނީ ޕެޓްރޯލްތައް ކުރިއަށްދަނީ އިންޑިޔާ ނޭވީގެ ޑޯނިއާ މަތިންދާބޯޓަކާއި އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދު ފަހަރާ ގުޅިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ޕެޓްރޯލްތަކުގައި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ހަރަކާތެއް ހިނގާތޯބެލުމާއި އެފަދަ ހަރަކާތްތައް ހިނގާ ނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.