ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސްރީލަންކާ ‏‏ރައީސްގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.‏

އިއްޔެ ހަވީރު މުލީއާގޭގައި އޮތް އެ ބައްދަލުކުރެއްވުމުގައި އިޖުތިމާޢީ ދާއިރާ އިން ‏‏ދެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ރާއްޖޭގައި ‏‏ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޙާލަތު ރަނގަޅު ކުރުމަށް، އިތުރަށް ކުރެވިދާނެ ‏‏މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.‏