26 Jun 2014, 12:04
މިހާރު ކުރިއަށް 34 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފައިނަލްގެ ދެ ވަނަ ޖާގަ ކުލަބް ޕީކޭ އިން ކަށަވަރު ކޮށްފި އެވެ.
ޕީކޭ އިން ފައިނަލިގެ ދެ ވަނަ ޖާގަ ކަށަވަރު ކުރީ ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި ރޭ ސްޓިންގާސް ބާސްކެޓް ބޯލް ކުލަބާ ދެކޮޅަށް ކުޅުނު މެޗް 67-64 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ.
ރޭ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް ޕީކޭގެ މަފާޒް މުހައްމަދު އެވެ.
މިމުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވާ ޓީމަކީ ޔޫއެން ފްރެންޑްސް އެވެ. އެ ޓީމް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސްޓިންގާސް ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 81 ޕޮއިންޓް 61 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ޖުމްލަ ހަތް ޓީމާ އެކު ކުރިޔަށްދާ މިމުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30ގަ އެވެ. މެޗު ކުޅޭނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.
ހުސްވި އަހަރު ބޭއްވި މިމުބާރާތުގެ ފައިނަލް މެޗުގައި ދަ ބައުސް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ.