މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރަކަށް އެ ޕާޓީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިންތިހާބުކޮށްފި އެވެ.

އިއްޔެ ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބުގައި ޕީޖީގެ ސެކްރެޓަރީގެ މަގާމާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން ވިޕުން ވެސް އިންތިހާބުކޮށްފައިވެ އެވެ.

އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިޔުޓީ ޕީޖީގެ މަގާމަށް އިންތި އިންތިހާބު ކުރި އިރު މީގެ ކުރިން ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިޙު އަދި އެއް ޑެޕިޔުޓީ ޕީޖީ ކަމުގެ މަގާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންތިހާބުކޮށްފަ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ދެ ޑެޕިޔުޓީ ލީޑަރުން ތިއްބަވަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްބާރީ އަބްދުﷲ އެވެ. ޗީފް ވިޕްގެ މަގާމަށް އިންތިހާބު ކުރީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ.

މީގެ އިތުރުން ޕީޖީގެ ވިޕްގެ މަގާމަށް އިންތިހާބުވީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރެވެ.