26 Jun 2014, 09:48
މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި އެ މަގާމަށް ހަމަޖައްސާފައި ވަނީ، މާފަންނު ރަބީޢީގޭ އަޙްމަދު އަދީމު ކަމަށެވެ.
އަޙްމަދު އަދީމް އެ މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.