ޒަޚަމްތަކަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޖަންބުމަގުގައި ޒަޚަމްތަކަކާއެކު ވެއްޓިފައި އޮތް މީހާ ފެނުނީ މިއަދު ހެނދުނު 5:10 ހާއިރު ކަމަށެވެ.

އެމީހާ އަށް މިހާރު އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މީހާ އޮތީ ވަރަށް އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އެ ގޮތުން ފައިގެ އުކުޅުވަޅާ ދިމާއިން ބިންދައިގެން ގޮސްފައިވާ ކަމަށާއި ބޮލުގެ ނާށިގަނޑުގައި ވެސް ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ އިތުރުން އެމީހާގެ މޫނުގެ ވާއަތް ފަރާތުން ކަރާ ދިމާ އަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެއީ އުމުރުން 40 ވަރަކަށް އަހަރުގެ ފިރިހެނެކެވެ.