‏މިނިސްޓަރު އޮފް ހެލްތު އެންޑް ޖެންޑާގެ ‏ނައިބުގެ މަގާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ. މި މަގާމަށް ޢައްޔަނު ކުރެއްވީ، އދ. ދަނގެތީ ކާމިނީގޭ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދެވެ.

ހެލްތު މިނިސްޓަރުގެ ނައިބުކަން އޭނާއަށް ދެއްވިއިރު، ނައިބުންނާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަގާމުތަކުގައި އެ މިނިސްޓްރީގައި 11 ބޭފުޅުން އެބަތިއްބެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އެ މިނިސްޓްރީގައި ފަސް ބޭފުޅުން އެ ބަތިއްބެވެ. އަދި ނައިބުންގެ ގޮތުގައި 6 ބޭފުޅުން އެ މިނިސްޓްރީގައި އެބަތިއްބެވެ.