މޮސްކޯ: ސްނޯގެ ސަބަބުން ރަޝިޔާގެ ވެރިރަށް މޮސްކޯއިން ކަރަންޓް ކަނޑައިގެން ގޮސް ޓްރާންސްޕޯޓް ހުއްޓި އެއަރޕޯޓްތައް ބަންދުކުރަންޖެހުމުގެ ސަބަބުން މުޅި މޮސްކޯ ހުއްޓުމަކަށް އަތުވެއްޖެއެވެ. މޮސްކޯއަށް ބޯކޮށް ސްނޯވް ފައިބަމުންދާތާ މިހާރު 48 ގަޑިއިރުވެއްޖެއެވެ. މިކަމުގެ ސަބަބުން މޮސްކޯގެ އެކިހިސާބުތަކުންވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. އަދި މަގުތައް ސްނޯވް އިން ފުރިފައިވާތީ ގިނަ މަގުތައްވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން އެއަރޕޯޓްތަކުގެ ހަރަކާތްތަކާއި ރޭލްވޭގެ ޚިދްމަތްތައްވެސް ވަގުތީގޮތުންވަނީ މެދުކަނަޑާލާފައެވެ. ނަމަވެސް މޮސްކޯ މައިއިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދްމަތްދެމުން ގެންދާ ކަމަށްވެއެވެ. ކާރިޘާއެއް ކަމަށް ސިފަކުރެވޭ މިޙާލަތުގެ ސަބަބުން ހުއްޓިފައިވާ ޢާންމު ޚިދްމަތްތައް އަލުން ދެވޭތޯ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ރަޝިޔާ ސަރުކާރުން ބުނެއެވެ. މޮސްކޯ މުނިސިޕަލްޓީން މިހާރުވަނީ މަގުތަކުން ސްނޯވް ކެހުމަށްޓަކައި ފާސްހާސް މީހުން ސާމާނާއެކު މަގުތަކަށް ނެރެފައެވެ. މީގެތެރޭގައި ސްނޯވްކަހާ 9 ހާސް މެޝިންވެސް ހިމެނެއެވެ. ނަަވެސް ބޯކޮށް ފައިބަމުންދާ ސްނޯވްގެ ސަބަބުން އެމީހުންގެ މަސައްކަތްތަކަށްވަނީ ހުރަސްއެޅިފައެވެ. އަދި ކަރަންޓްގެ ޚިދްމަތް އަލުން ފޯރުކޮށްދިިނުމަސްވެސް ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ރަޝިޔާގެ މުސުމާބެހޭ އިދާރާ ބުނާގޮތުން މޮސްކޯގެ ފިނި ހޫނިމިން ވަނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކުރިޔަށްއޮތް ދުވަސްތަކުގައިވެސް މޫސުން އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރުވަނީ ވަނީ ދީފައެވެ.