25 Jun 2014, 09:55
ލިވަޕޫލްގެ އުރުގުއާއީ ތަރި، ލުއިސް ސުއަރޭޒް ހޯދުމަށް ރެއާލް މެޑްރިޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި އެވެ.
ޝުއަރޭޒް ހޯދުމަށް ރެއާލް އިން ބޮޑު އަގެއް ހުށަހަޅާފައިވާ އިރު މީގެ ދެދުވަސް ކުރިން އޭނަ ހޯދުމަށް ބާސެލޯނާއި ވަނީ 56 މިލިއަން ޔޫރޯ ހުށަހަޅައިފަ އެވެ. އަދި ރެއާލް އާއި ބާސާގެ އިތުރުން މަޝްހޫރު ބޮޑެތި ކުލަބުތަކުން ވެސް އަންނަނީ ސުއަރޭޒްއަށް ހުށަހެޅުންތައް ހުށަހަޅަމުން ކަމަށް މީޑިއާ ރިޕޯޓްތަކުގައި ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސުއަރޭޒް އަށް ރެއާލް އިން ބޮޑު އަގެއް ހުށައެޅިތާ 24 ގަޑިރު ނުވަނީސް ދުނިޔޭގެ މީޑިއާތަކުގެ މިވަގުތު ފަލަ ސުރުހީގައި "ފަތުއަޑު ކިޔައިފައި" މިހާރު ދައްކަމުން ދަނީ ޝުއަރޭޒްގެ އަހުލާގީ ފެންވަރު ދައްވާކައެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން އުރުގުއޭ މޮޅުވި މެޗުގައި އިޓަލީގެ ޑިފެންޑަރު ކިއެލީނީގެ ކޮނޑުމަތީގައި ސުއަރޭޒް ދަތް އަޅާ މަންޒަރު ޓީވީ ރިޕްލޭ އިން ފެނެ އެވެ. އަދި ކިއެލީނީ ވަނީ ޓީޝާޓް ތިރިކޮށްގެން ދަތް އެޅި ތަން މެކްސިކޯ ރެފްރީ މާކޯ ރޮޑްރިގޭޒަށް ވެސް ދައްކައިފަ އެވެ. ކިއެލީނީއާ އެކު ބިން މައްޗަށް ވެއްޓުނު ވަގުތު ސުއަރޭޒް އަގަމަތީގައި އޭނަ އަމިއްލަ އަށް އަތް އަޅައިގެން އިން މަންޒަރު ވެސް ޓީވީ ރިޕްލޭތަކުން ފެނެ އެވެ. އަދި މިރޭގެ މެޗަށް ފަހު ސުއަރޭޒްއާ ބެހޭ ގޮތުން ސޯސަލް މީޑިއާތަކުގައި އޭނާ އަކީ މިނިމަސްކާ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ޓްވިޓް ކުރަމުންދާ އިރު، އޭނާ އާ މެދު ވީހާ ވެސް އަވަހަކަށް ފިޔަވާލު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޓްވިޓް ކުރަމުން ދެ އެވެ. އެގޮތުން މެޗް ނިމުނުތާ 20 މިނެޓްގެ ތެރޭގައި ޝުއަރޭޒް އަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ 1400000 ޓްވިޓް އެކިއެކި މީހުން ކޮށްފައި ވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
ސުއަރޭޒް، ލިވަޕޫލާ ގުޅުނީ 2007 ވަނަ އަހަރު އެވެ. ލިވަޕޫލްއާ ގުޅުމަށް ފަހު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފަ އެވެ.