24 Jun 2014, 17:24
މި މަހުގެ 12 ވަނަ ދުވަހު ހުޅަނގު އައްސޭރީގައި އުޅެނިކޮށް ގެއްލުނު ކަމަށް ބުނާ އިސްރާއީލުގެ ތިން ޒުވާނުން ހޯދުމަށް އެގައުމުގެ ސިފައިން ހިންގާ އޮޕަރޭޝަންގައި ފަލަސްތީނުގެ އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށްފިއެވެ.
އެސޯސިއޭޓެޓް ޕްރެސް (އޭޕީ) އިން ބުނީ ގެއްލުނު ތިން ޒުވާނުން ހޯދުމަށްޓަކައި އިއްޔެ އިސްރާއީލުގެ ފުލުހުން ފަލަސްތީނު 37 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރު ކުރީ ސުވާލުކުރުމަށްޓަކައި ކަމަށެވެ.
އެ އޮޕަރޭޝަން ފެށީއްސުރެ މިހާތަނަށް ފަލަސްތީނުގެ 705 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހަމާސްޖަމާއަތަށް ނިސްވަތްވާ މީހުން ހިމެނޭ ކަމަށް ވެސް އޭޕީ އިން ބުންޏެވެ.
ހައްޔަރު ކުރި ހަމާސްޖަމާއަތަށް ނިސްބަތްވާ މީހުންގެ ތެރޭގައި 2011 ވަނަ އަހަރު އެ ޖަމާއަތުން ދިން އިންޒާރާޒެއްގެ ސަބަބަބުން ދޫކޮށްލި 57 މީހަކު ހިމެނޭ ކަމަށް ވެސް އޭޕީ އިން ބުންޏެވެ.
ގެއްލުނު ކުދިން ހޯދުމަށް އިސްރާއީލު ސިފައިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ އެގައުމުގެ ސިފައިންނަށް ގޮވާލައްވާފަ އެވެ. ނަމަވެސް މިކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ތަރުހީބު ލިބިފައިނުވާކަމަށް މީޑިއާގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.