24 Jun 2014, 16:05
މަގުމަތީ އަގު 480000 ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 23 އަހަރުގެ އަންހެން މީހާ ދޫކޮށްލައި ދެންތިބި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުގެ އަމުރަކަށް ކަމަށެވެ.
ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ 50 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ ފިރިހެނެކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅުގެ ތަސް ކޮތަޅާއެކު އެ މީހުން ހައްޔަރު ކުރީ މި މަހުގެ 14 ވަނަ ދުވަހު މއ. ވާދޫގެ ބަލައި ފާސްކޮށެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ޖޫސްޕެޓީ ކޮތަޅު ފެނިފައި ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުން ތިބި ތަނުންނެވެ.