އއ. ތޮއްޑޫއިން: އަހުމަދު ސާއިލް އަލީ
ރޯދަޔަށް ހާއްސަ ކޮށްގެން ދަނޑުވެރިން ދަނީ ތަފާތު ވައްތަރުތަކުގެ ކަރާ ކޮންމެ އަހަރަކުވެސް ހައްދަމުންނެވެ. އޭގެ ތެރެއިން އެއް ބާވަތުގެ ކަރާ މިފަހަރު ނުހައްދާ ކަމަށް ތޮއްޑުގެ ދަނޑުވެރިން ވަނީ ބުނެފައެވެ. އެއީ "ރަން ކަރާ" ގެ ނަމުން މަޝްހޫރު ވެފައިވާ ކަރައެވެ.

ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ އަލި މަނިކު ބުނިގޮތުގައި، ރަން ކަރާ އެރަށުގައި މިފަހަރު ނުހައްދައެވެ. އެ ކަރާ ނުހެއްދި ސަބަބަކީ އެކަރާގެ މުޑުވައް ނުލިބުމުން ކަމަށް އެ ދަނޑުވެރިޔާ ބުންޏެވެ.

"އަޅުގަނޑުމެން ކަރާ ހެއްދުމަށް އޮއް މިގެންނަނީ ބެންކޮކުން، މިފަހަރު ކަރާ ހައްދަން ވެގެން ބެލިއިރު ރަންކަރާގެ އޮށެއް ނުލިބުނު، އެހެންވެ އެ ކަރާ މިފަހަރު މިރަށުގައި ނުހައްދާ،" އެންމެ ގަދަޔަށް ރާއްޖޭގައި ކަރާ ހައްދާ ރަށުގެ ދަނޑުވެރިޔާ އަލި މަނިކު ބުންޏެވެ.

ރަން ކަރާއަކީ ބޭރު ތޮށިގަނޑު ގަދަ ރީނދޫކުލާގައި އަދި އެތެރެ ރަތް ކުލާގައި ހުންނަ ކަރަލެކެވެ.

ތޮއްޑޫގެ ދަނޑުވެރިން ބުނާގޮތުން އެރަށުން މިފަހަރު ހައްދާފައިވާ ކަރާގެ ބާވަތްތަކަކީ އަލަނާސި ކަރައާއި ކަޅު ކަރާގެ އިތުރުން ރޮނގުދެމި ކަރަލެވެ.