07 Jan 2011, 04:51
ހދ. ކުޅުދުއްފުށިން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި ވިހެއި މީހެއްގެ ހާލުދެރަވުމާއި ގުޅިގެން ދަރިފުޅާއި މައިމީހާ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުގައި މާލެ ގެނެސްދީފި އެވެ.
ގައުމީ ދިފާއީ ބާރުގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ކުޅުދުއްފުށީ "ފާޅު" ބޯޓުގެ ތެރެއަށް ވިހެއި މައިމީހާއާއި ދަރިފުޅު މާލެ ގެނެސްފައިވަނީ ރޭ 4:45 ހާއިރުއެވެ. މި ބޯޓު މާލެ ދަތުރުކުރަމުން ދަނިކޮށް އެ މީހާ ވިހާފައި ވަނީ ރޭ ދަންވަރު 2:25 ހާއިރު އެވެ.
ބޯޓު ތެރެއަށް ވިހެއީ ހދ. ނޮޅިވަރަން އަންހެނެކެވެ.
މި ހާދިސާގައި ކޯސްޓްގާޑުން އެހީވެދީފައި ވަނީ އެ ހަބަރު ރޭ ދަންވަރު 3:40 ހާއިރު ލިބުމުން ޑޮކްޓަރަކާއި، ނަރުހެއް ގޮވައިގެން ކުޅުދުއްފުށީ ބޯޓު ކައިރިއަށް ގޮހެވެ.
މައިމީހާ އާއި ދަރިފުޅު މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.