23 Jun 2014, 12:39
ފިފާ ވޯލްޑްކަޕްގެ މިފަހަރުގެ މެޗް ޝެޑިއުލަށް ހޮލެންޑްގެ ކޯޗު ލުއިސް ވެންހާލް ވަރަށް ބޮޑަށް ފާޑުކިޔަފި އެވެ.
މިރޭ ހޮލެންޑާއި ޗިލީ ކުޅޭ މެޗުގެ ހަތަރު ގަޑިއިރު ފަހުން ގުރޫޕް އޭގެ ކެމަރޫން އާއި ބްރެޒިލް ބައްދަލު ކުރާނެ އެވެ. މި މެޗުގެ ކުރިން ވެންހާލް ބުނެފައި ވަނީ ހުރިހާ އެޑްވާންޓޭޖެއް މިކަމުގަ އޮތީ ބްރެޒިލް އަށް ކަމަށާއި މިއީ އެހެން ޓީމްތަކަށް ވެވޭ ބޭއިންސާފެއް ކަމަށެވެ. މިއީ ފިފާއިން ބޭނުންކުރާ ވަރަށް ހުތުރު އުކުޅެއް ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ މެޗެއްގަ ފީފާއިން އިސްތިހާރު ކުރޭ ފެއާޕްލޭ އޭކިޔާގެން. ފިފާއިން މިކަހަލަ ފެއާޕްލޭ އެއީ ކިޔުން އެހާ ރަގަޅެއް ނޫން. މިއީކީ ފެއާޕްލޭ އެއް ނޫން. އަހަރުމެން ހުރިހާ ކަމެއް ހުއްޓިފަ މިހުރީ ޗިލީ ބަލިކުރަން އަހަންނަކަށް ހިޔެއްނުވޭ ބްރެޒިލް އަހަރެމެންނަށް ވުރެ ކުރިން ކުޅުމުން ވާނެ ގެއްލުމެއް އޮތްހެން،" ކޯޗު ބުނެފައިވެ އެވެ.
ބްރެޒިލް ކެމަރޫން މެޗުން މޮޅުވާ ޓީމެއް ބައްދަލު ކުރާނީ ހޮލެންޑް އާއި ޗިލީ ބައްދަލުކޮއް ބަލިވާ ޓީމަކާ އެވެ.
ބްރެޒިލް ގުރޫޕްސްޓޭޖުގަ ކުޅުނު ފުރަތަމަ ދެމެޗު ހޮލެންޑު ވުރެކުރިން ބްރެޒިލް މެޗު ޝެޑިއުލް ކުރެވެނު ކަމަށް އިޝާރަތްކޮށް ބުނެފަ ވަނީ "އަހެރެން ގަބޫލު ކުރާގޮތުން ބްރެޒިލް އިން ސަޕޯޓިން ރޯލެއް އޮންނައިރު އިންތިޒާމް ހުރިހާ ކަމެއް ރާވަނީ ބްރެޒިލްއިން" ކަމަށެވެ.
"އަހަންނަށް މިހާރުވެސް ފެނޭ ބްރެޒިލް ހަގީގަތުގަ ބޭނުމެއް ނުވޭ އަރުމެންނާއި ކުޅޭކައް. އަހަރެމެން ވަރަށް ގިނަ ގޯލްޖަހައިފިން. ރީތި ގޯލްތަކެއް ޖަހައިފިން،" ކޯޗު ބުންޏެވެ.
މުބާރާތައް ފަހު ވެންހާލް ފެނިގެންދާނީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ކުލަބު ކަމަށްވާ މެންޗެސްޓަރ ޔުނެއިޓެޑުގެ ކޯޗެއްގެ ގޮތުގަ އެވެ.