22 Jun 2014, 22:52
ފަހު ހާފުގައި ބަދަލުކުޅުން ތެރިއެއްގެ ގޮތުގައި ކުޅެން އެރި އެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ހުންނަ އެސްޓާޑިއޯ ޑޯ މަރަކާނާގައި ކުޅުނު ގްރޫޕް "އެޗް"ގެ މި މެޗުގެ ނަތީޖާއާ އެކު ބެލްޖިއަމް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނައިގައި އެއްމެޗުން ލިބުނު އެއް ޕޮއިންޓާއެކު ކޮރެއާ ރިޕަބްލިކް މިވަގުތު އޮތް އިރު، ދެ މެޗުން އެއް ޕޮއިންޓާއެކު ރަޝިޔާ އޮތީ ތިން ވަނައިގައެވެ. އަދި ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ އަލްޖީރިއާ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފެނގެން ދިޔަ ހަމަ އެކަނި ލަނޑު އޮރިގީ ކާމިޔާބުކުރީ 88 ވަނަ މިނިޓްގައި އެޑެން ހަޒާޑު ތަނަވަސް ކޮށްދިން ފުރުސަތަކުން ރަޝިޔާގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރަސަތުތަކެއް ލިބުނު ކަން ފަހަގަ ކޮށްލެވުނެވެ. އެގޮތުން ބެލްޖިއަމްގެ ޑްރައިސްއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގަން ލިބުނުު ރަނުގެ ފުރުސަތު އޭނަ ވަނީ ބޭކާރު ކޮށްލައިފައެވެ. ރަޝިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހުސްކޮށް ލިބުނު ފުރުސަތުން އޭނ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އެއް އަރިމަތިން ބޭރަށެވެ. އަދި މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަޝިޔާ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ރަޝިޔާ ޓީމުގެ ކިކޮރިން ބެލްޖިއަމް ކޮޅަށް ފޮނުވާލި ބޯޅަ ވެސް ދިޔައީން ގޯލުގެ އަރިމަތިން ބޭރަށެވެ.
ގްރޫޕް އެޗްގައި މިރޭ ރާއްޖޭ ގަޑިން 12:00 ގައި ބައްދަލުކުރާނީ އަލްޖީރިއާ އާއި ކޮރެޔާ ރިޕަބްލިކް އެވެ.
ބެލްޖިއަމްއަށް މިރޭގެ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި ވާއިރު ރަޝިޔާއަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްޖީރިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:00ގައި އެރީނާ ޑަ ބައިޒާޑާ ސްޓޭޑިއަމްގަ އެވެ.
ގްރޫޕް އެޗްގެ ފަހު މެޗުގައި ބެލްޖިއަމް އަންނަ ބުރާސްފަތި ދުވަހުގެރޭ ރާއްޖޭ ގަޑިން ދަންވަރު 1:00ގައި ނުކުންނާނީ ކޮރެޔާއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ ބްރެޒިލްގެ ސައޮ ޕޯލޯގެ އެރިނާ ކޮރިންތިއާންސްގައެވެ.