22 Jun 2014, 22:52
ގަލޮޅު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ. އެ މީހާ މަރުވެފައި އޮއްވާ ފެނުނީ ގ. ވަށަފަރު ގޭގެ ހަތަރު ވަނަ ފަންގިފިލާއިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގ. ވަށަފަރު ހަތަރު ވަނަ ފަންގިފިލާގައި އުމުރުން 50 އަހަރުގެ މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 9:40 އެހައިކަންހާއިރު ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ބުންޏެވެ.
މަރުވެފައި އޮއްވާ މިރޭ ފެނުނު މީހާގެ މަރާ ގުޅޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ހާމައެއް ނުކުރެ އެވެ. ފުލުހުން އޭނާގެ މަރު ތަހުގީގު ކުރަމުްނދާއިރު ފޮރެންސިކް ފުލުހުން ދަނީ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްގެން ތަހުލީލު ކުރަމުންނެވެ.