ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މއ. ރެސްޓިންގ ހައުސް ފާތިމަތު އިނާޔާ އައްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް، އެ ނަންފުޅު އެމަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އިނާޔާ މިހާރު ހުންނެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބުގެ މަގާމުގައެވެ.