މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ ޑިފެންސް މިނިސްޓްރީގެ ދަށުން ވަކިކޮށް ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނެސްފައި ވަނީ މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންކަމަށެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީ އަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލިފައިވާ މުއައްސަސާއެކެވެ.