ފިފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ އޮފްސައިޑް ވެފައި ވަނީ އިނގިރޭސިން ކަމަށް ތަފާތު ހިސާބުތަކުން ދައްކައިފި އެވެ. އެއީ 1982ވަނަ އަހަރު ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗްގައި އިންގްލެންޑް ޖުމްލަ 20 އޮފްސައިޑް ވެފައި ވެއެވެ. ކުވެތަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރަތުގަ އިނގިރޭސިންނާއި ވާދަކުރި އޭޝިއާގެ ފުރަތަމަ ގައުމެވެ.

ވޯލްޑް ކަޕް 1982ގައި ފާހަގަކޮށްލެވޭ އެހެންކަމެށް ވެސް ހިނގާފައި ވެއެވެ. އިންގްލެންޑްގެ ބްރައިން ރޮބްސަން ވަނީ މެޗުގެ 27ވަނަ ސިކުންތުގަ ފްރާންސް ކޮޅަށް ގޯލެއް ކާމިޔާބުކޮށްފަ އެވެ. މިއީ މިހާތަނަށް ވޯލްޑްކަޕްގެ ތާރީހުގައި އެންމެ އަވަހަށް ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް އެންމެ ގިނަ އޮފްސައިޑް ވެފައި ވަނީ އިޓަލީއެވެ. ކޮސްޓަރީކާއާ ވާދަކޮށް 1-0 ލަނޑުން އިޓަލީ ބަލިވި މެޗްގައި އެޓީމު ވަނީ 11 އޮފްސައިޑް ވެފައެވެ. އެންމެ ގިނައިން ސައިޑްވި ކުޅުންތެރިޔަކީ އެ ޓީމުގެ މާރިއާ ބަލޮޓެލީ އެވެ. އެންމެ ފަހުން ވޯލްޑް ކަޕެއްގައި އެންމެ ގިނަ އޮފްސައިޑް ވެފައިވަނީ 2006ވަނަ އަހަރު ވޯލްކަޕް މުބާރާތުގަ އެވެ. އެއީ ވެސް އިޓަލީ އެވެ. އެއަހަރުގެ ގުރޫޕް ސްޓޭޖްގައި އެމެރިކާ އާއި އިޓަލީ ވާދަކުރި މެޗުގައި އެޓީމު 11 އޮފްސައިޑް ވީ އިރު، ސެމީ ފައިނަލްގައި ޖަރުމަނާ ވާދަކުރި މެޗްގައި 11 އޮފްސައިޑް ވެފައި ވެއެވެ.

އިނގިރޭސި ވިލާތުން 1982ވަނަ އަހަރު ކުވޭތާ ވާދަކޮށް 20 އޮފްސައިޑް ވީ ފަހުން 1966ވަަނަ އަހަރުގެ ވޯލްޑްކަޕާ ހަމައަށް އެޓީމު ވަނީ ތަފާތު 12 މެޗެއްގައި ޖުމްލަ 11 އަށްވުރެ ގިނަ އެޮފްސައިޑް ވެފަ އެވެ.