22 Jun 2014, 15:11
ޏ. ފުވައްމުލަކު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނަގާނެ ފަޅެއް ގދ. އަތޮޅުން ދީފި އެވެ. ފުވައްމުލަކު މީހުން ވެލި ނެގުމަށް ހާއްސަކޮށްފައި ވަނީ ގދ. އޮޑެގައްލާ ފަޅެވެ.
ފުވައްމުލަކު ރައްޔިތުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ވެލި ނެގުމަށް ގދ. އަތޮޅުން ފަޅެއް ހަމަޖައްސާފައިވާ ކަން ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެ އިއުލާންގައި ބުނެފައި ވާ ގޮތުން ގދ. އޮޑެގައްލާ ފަޅު އޮންނާނީ އެ އަތޮޅު މަހުޓިގަލާގެ އިރުދެކުނުން ތިން މޭލު އަދި ކަޑަހަލަގަލާގެ އިރު އުތުރުން 1.5 މޭލުގަ އެވެ.
ފުވައްމުލަކު ރައްޔިތުންނަށް ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ވެލި ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވެލި ނެގުމަށް ފަޅުރަށެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ ކުރިން ވައުދުވެވަޑައިގެންފަ އެވެ.
އެމަނިކުފާނު އެގޮތަށް ވައުދުވެވަޑައިގެންނެވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ.