22 Jun 2014, 12:13
މިއަހަރުގެ ރަމަޟާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ނިމޭނީ މެންދުރުފަހު 2:00 ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލް ޔާމީން އެގޮތަށް ހަމަޖެއްސެވީ، މިއަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 10:00 އިން މެންދުރުފަހު 2:30 އަށް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރެއްވުމާ ގުޅިގެން، އެ ގަޑިއާމެދު ރައްޔިތުންގެ ފަރާތުން ލިބިފައިވާ ޚިޔާލުތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ސަރުކާރުގެ މުވައްޒަފުންނަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.
ރަމަޟާން މަހު ރަސްމީގަޑި ފެށޭނީ މިހާރުވެސް އިއުލާންކޮށްފައިވާ ގޮތުގެ މަތިން ހެނދުނު 10:00 ގަ އެވެ.