މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އެސީޕުލޭންތަކުގެ ޓެސްޓް ފުލައިޓް އަންނަ ބުދަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު ވިދާޅުވީ އަންނަ މަހު ސީޕުލޭންގެ ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު އެ ސީޕުލޭންތަކުގެ ޓެސްޓް ފުލައިޓް ތައް ބުދަ ދުވަހު ބޭއްވޭނެ ކަމަށެވެ.

އެދަތުރުތައް ކުރުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައެވެ.

ހާރިޝް ވިދާޅުވީ، އަންނަ މަހު ސީޕުލޭންގެ ދަތުރުތައް ފެށުމާއެކު ކޮންމެ ދުވަހަކު ދެ ދަތުރު ތ. އަތޮޅަށް ކުރަން ހަމަޖެހިފައި ވާ ކަމަށެވެ. އަދި ދަތުރުތައް ފެށުމާއެކު ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ވެސް މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތަކަށް ބޭނުންކުރަނީ "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ފްލައިޓްތަކެވެ.

ގައުމީ އެއާލައިން ވަނީ ސީ ޕުލޭންގެ ޚިދުމަތް ދިނުމަށް "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ދެ ފުލައިޓް ރާއްޖެ ގެނެސްދައެވެ.