އެކްސްއެލް އެނާޖީ ލިމިޑެޓް އޯވާ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ސީބީއެލްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މާލޭ ސްޕޯޓްސް ކްލަބް ބީއާއި ބައްދަލުކޮޮށް ތިން ވިކެޓުން މެޗްާ ކާމިޔާބު ކޮށްގެންނެވެ.

ޓޮސް ދިމާވުމުން މިއަދު މާލޭ ސްޕޯޓްސް ކްލަބް ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 123 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 25 ލަނޑުހެދި މުހަންމަދު ރަޒާންއާއި 24 ލަނޑުހެދި އަހްމަދު ހަސަން ސޯބިރުއެވެ.

މިއިނިންގްސްގައި ސީބީއެލް ސްޕޯޓްސް އިން އެންމެ ރަގަޅަށް އުކީ ހަތް އޯވަރު 11 ލަނޑަށް ފަސް ވިކެޓްނެގި މަހުމޫދު ރިޔާޒްއާއި ހަތް އޯވަރު ނުވަ ލަނޑަށް އެއްވިކެޓް ނެގި ސާމިން ހަބީބްއެވެ.

ޖަވާބުގައި ސީބީއެލް ސްޕޯރޓްސް ކުޅެންއަރާ 41 ލަނޑަށް ހަ ވިކެޓްގޮސްސަ އޮއްވާ އަހްމަދު އިސްހާގާއި ހުސެން ރިމާޒު 77 ލަނޑަށް ގެންގޮސްދިނެވެ. އިސްހާގް ނުބައިވުމުން އިބްރާހިމް ރިޒާން ކުޅެންއަރާ ނުބައިނުވެ 21 ލަނޑުއަދި ހުސެން ރިމާޒް 28 ލަނޑުހަދާ 27 ވަނަ އޯވަރުގައި މެޗް ކާމިޔާބުކުރިއެވެ.

މުބާރާތުގެ އިނާމް އާއި މެޑަލް ދިނީ ބީއެޗްއެމް ޓްރޭޑާސްގެ ހިއުމަން ރިސޯސް މެނޭޖަރު މިސްޓަރު ޖިމް ތޯމާސްއެވެ. މުބާރާތުގެ އެންމެ މޮޅު ބެޓްސްމަން އަދި ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮފް އެފް ސީގެ އާދަމް ނާސިފް އުމަރުއެވެ. އެންމެ މޮޅު އުކުން ތެރިއަކަށް ހޮވުނީ މާލޭ ސްޕޯރޓްސް ކްލަބް ބީގެ އަބްދުﷲ ޒިޔާދުއަދި މޯސްޓް ޕޮރޮމިސިންގް ޕްލެއާއަކަށް ހޮވުނީ ތުސާރުއެވެ. އަދި ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ހުސެން ރިމާޒުއެވެ.