21 Jun 2014, 18:15
ގަވާއިދާ ޚިލާފަށް ލ. ގަމުގައި އުޅުނު 57 ބިދޭސީއަކު ހައްޔަރުކޮށް ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އެ މަސައްކަތަކީ ގަމު ކައުންސިލުން އިސްނަގައިގެން އިމިގްރޭޝަނާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ކުރި މަސައްކަތެއް ކަމަށެވެ.
އިއްޔެ ކުރި އެ މަސައްކަތުގައި ގަމުގައި އުޅޭ 170 އަށްވުރެ ގިނަ ބިދޭސިީން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ،
ފުލުހުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.