ފީފާ ވޯލްޑް ކަޕްގައި ސުވިޒަލެންޑާއި ފްރާންސް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރަން ނުކުންނައިރު މިރޭގެ މެޗަކީ ދެ ޓީމަށް ވެސް މޮޅުވާން މުހިންމު މެޗަކަށް ވެގެންދާނެ އެވެ.

އިކުއެޑޯ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރައި ދެ ލަނޑު ޖެހުމުން ސްވިޒަލެންޑް މި މެޗާ ކުރިމަތި ލާއިރު ފޯމުގައި އޮންނާނެ ކަމަށް ބެލެވެއެވެ.

ހަމަ އެހެންމެހޮންޑިއުރަސް އަތުން ފަސޭހަ ކަމާއެކު މޮޅުވެވިފައި އޮތުން އެއީ ސްވިޒަލޭންޑާ ކުރިމަތި ލާއިރު ފްރާންސްއަށް ވެސް ލިބޭނެ ވަރަށް ބޮޑުއިތުބާރަކަށް ވެގެންދާނެއެވެ. މި މެޗް ކުޅޭނީ މިރޭ 12 ޖަހާއިރު އެވެ.

ސްވިޒަލެންޑްގެ ކޯޗު ހެޒްފީލްޑް، މިރޭގެ މެޗުގެ ފުރަތަމަ އެގާރައަށް އިކުއެޑޯއާ ދެކޮޅަށް ސްވިސްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮއްދިން ކުޅުންތެރިޔާ އަދްމިރް މަހްމިދީ ނެގުމުގެ ފުރުސަތު ބޮޑެވެ. ހަމަ އެހެންމެ އެ މެޗުން އެޓީމު މޮޅުވި ލަނޑު ޖަހައިދިން ހާރިސް ސެފްރަވިޗަށް ވެސް ފުރަތަމަ އެގާރައިން ފުރުސަތު ދޭނެކަމަށް ބެލެވެއެވެ.

މިރޭގެ މެޗާ ކުރިމަތިލާއިރު ފްރާންސް ޓީމުގައި އަނިޔާގެ މާބޮޑު މައްސަލަތަކެއް ނެތެވެ. އަދި ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ޔޯހަން ކަބާއި އަނިޔާއިން ރަގަަަަަަަޅުވެ މިމެޗަށް ވަނީ ފިޓްވެފައެވެ. ހަމައެހެންމެ ކަބާއި، ޕެޓްރިކް އެވްރާ، ޕޮގްބާ ފަދަ ކުޅުންތެރިން މިރޭ ރީނދޫކާޑެއް ހޯދައިފިކަމަށް ވާނަމަ ގްރޫޕް ސްޓޭޖުގެ ފަހުމެޗެގައި އެކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

* ދެޓީމުގެ ކުރިމަތިލުންތައް

މި ދެޓީމުގެ މިހާތަނަށް 36 ފަހަރު ބައްދަލުކޮއްފައި ވާއިރު ފްރާންސް ވަނީ 15 ފަހަރު މޮޅުވެފައެވެ. 12 މެޗުން ސްވިޒަލޭންޑް މޮޅުވެފައި ވާއިރު ބީކީ ނުވަ މެޗު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން މި ދެޓީމު ވޯލްޑް ކަޕްގައި ވާދަކޮށްފައި ވަނީ 2006 ވަނަ އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖްގައެވެ. އެ މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. އަދި މި ދެޓީމުގެ އެންމެ ފަހުގެ ތިން ކުރިމަތިލުން ވެސް ނިމިގެން ދިޔައީ ލަނޑެއް ނުޖެހި އެވެ. އެންމެ ފަހުން ސްވިޒަލެންޑްއާއި ކުޅެ ފްރާންސް މޮޅުވެފައި ވަނީ 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެ މެޗް ނިމިގެން ދިޔައީ 3-1 އިން ފްރާންސް މޮޅުވެގެންނެވެ.

* ސްވިޒަލެންޑް

ހޮންޑިއުރަސްއަށް އިކުއެޑޯ ބަލިނުކުރެވި މިރޭ ސްވިޒަލެންޑް މޮޅުވެއްޖެ ކަމުގައި ވާނަމަ މުބާރާތުގެ ދެވަނަ ބުރަށް އެ ޓީމު ދާނެއެވެ. އެންމެ ފަހުން ސްވިޒަލެންޑް ކުޅުނު 19 މެޗުން އެޓީމު ބަލިވެފައި ވަނީ އެންމެ މަޗަކުންނެވެ. 13 މެޗުން މޮޅުވިއިރު ފަސް މެޗުންވަނީ އެއްވަރުވެފައެވެ. މިރޭގެ މެޗުން ސްވިޒލެންޑް މޮޅުވެއްޖެ ނަމަ ވޯލްޑް ކަޕްގެ ތާރީހުގައި އެޓީމު ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރަށް މިފަހަރު ވެގެންދާނެ އެވެ.

* ފްރާންސް

އިކުއިޑޯއަށް ހޮންޑިއުރަސް ބަލިކޮށް ނުލެވިއްޖެ ނަމަ ފްރާންސަށް މިރޭގެ މެޗުން މޮޅަކާ އެކު ގަދަ 16ގެ ޖާގަ ކަަަަަަަަަަަށަވަރު ވެގެންދާނެއެވެ. އެންމެފަހުން ކުޅުނު އެޓީމު ކުޅުނު ހަ މެޗުން ވެސް ފްރާންސް ބަލިވެފައެއް ނުވެއެވެ. އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް އެއް މެޗުވަނީ އެއްވަރުވެފައެވެ. އެންމެފަހުން ގުރޫޕް ސްޓޭޖުގައި ފުރަތަމަ ދެ މެޗުން ފްރާންސް މޮޅުވެފަވަނީ 1998 އަހަރު އެވެ.