20 Jun 2014, 20:35
އެކްސްއެލް އެނާޖީ ލިމިޑެޓް އޯވާ ކްރިކެޓް ލީގުގެ ފަހު މެޗްގައި ވެސްޓް ސްޕޯޓްސް ކްލަބްއާއި ބައްދަލުުކޮށް ހަތަރު ވިކެޓުން ސީބީއެލް ސްޕޯޓްސް ކާމިޔާބު ކޮށްފި އެވެ.
މިއަދުގެ މެޗުން ސީބީއެލް މޮޅުވުމުން އެޓީމް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އަދި ސީބީއެލް ފައިނަލުން ޖާގާ ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.
މިއަދު މެޗުގައި ޓޮސްދިމާވުމުން ވެސްޓް ކުޅެންއަރާ 40 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 189 ލަނޑުއެވެ. އެންމެ ރަގަލަށް ކުޅުނީ 45 ލަނޑުހެދި އަހްމަދު ފަސީހްއާއި 28 ލަނޑުހެދި އަފްރާހްއެވެ.
ވެސްޓް ސްޕޯރޓްސް ކްލަބުން އެންމެ ރަގަޅަށް އުކީ އަށް އޯވަރު 38 ލަނޑަށް 24 ވިކެޓްނެގި އީސާ ސާދާތްއެވެ.
ޖަވާބުގައި ސީބީއެލް ސްޕޯޓްސް ކުޅެންއަރާ 24 އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 190 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 68 ލަނޑުހެދި އަލީ އިބްރާހިމްއާއި 23 ލަނޑުހެދި މަހްމޫދު ރިޔާޒްއެވެ.
ސީބީއެލް ސްޕޯރޓްސްއިން މަހަމޫދު ރިޔާޒް އާއި އަލީ އިލާން އަދި ސިފާޒް ކޮންމެ އުކުންތެރިއެއް ދެވިކެޓްނެގިއެވެ.
މުބާރާރުގެ ފައިނަލް މެޗުގައި މާދަމާ ހެދުނު 9:00ގައި ސީބީއެލް އާއި ދެކޮޅަށް ނުކުންނާނީ މާލޭ ސްޕޯޓްސް ކުލަބް ބީ އެވެ.