20 Jun 2014, 20:30
އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ބޭއްވި އިންޓަޔުނިޓް 16 ވަނަ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ހޯދައިފި އެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އެސްޕީޖީ ހޯދާފައިވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ރޭ ކުޅެވުނު ފައިނަލް މެޗްގައި އިންޓަގްރޭޓްޑް ހެޑްކްއޯޓަރޒް (އައިއެޗްކިއު) އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެނެވެ.
ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ނައީމް މުހައްމަދު ޝަރަފުވެރިކޮށްދެއްވި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެސްޕީޖީ ޓީމުގެ ޝިއުނާޒް އަބްދުލް ވާހިދެވެ.
ޖުމްލަ 14 ޓީމް ވާދަކުރި މުބާރާތުގެ ކުޅުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ޑިވިޒަނަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑިވިޒަންގައި ހަ ޓީމް ވާދަކުރިއިރު ދެވަނަ ޑިވިޒަންގައި އަށް ޓީމެއް ވާދަކުރި އެވެ.