19 Jun 2014, 23:44
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ ކަށަވަރު ކޮށްފިއެވެ.
ބްރެޒިލްގެ ވެރިރަށް ބްރަސީލިޔާގެ އެސްޓާޑިއޯ ނެޝިއޮނާލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ ކޮލަމްބިއާ އެވެ. އެލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކޮލަމްބިއާ ލީޑް ނެގިތާ ހަ މިނިޓް ފަހުން އެޓީމަށް ލީޑް ފުޅާ ކޮށްދިނީ ޒުވާން މިޑްފީލްޑަރު ފެނާންޑޯ ކުއިންޓެރާއޯ އެވެ.
ދެ ލަނޑު ލީޑަކާއެކު ކޮލަމްބިއާއިން ކުޅެމުން ދަނިކޮށް، އައިވަރީ ކޯސްޓުން މެޗުގެ 73 ވނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކުރި އެވެ. އެ ލަނޑު އައިވަރީ ކޯސްޓަށް ކާމިޔާބު ކޮށްދިނީ އުމުރުން 27 އަހަރުގެ ފޯވާޑް ޖަވީނިއޯ އެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. އެގޮތުން މެޗުގެ ނިމެން ދަނިކޮށް އައިވަރީ ކޯސްޓުގެ ފޯވާޑް ޑްރޮގްބާ، ކޮލަމްބިއާގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ފާހަގަ ކޮށްލެވެއެވެ.
މިރޭގެ މެޗުން އައިވަރީ ކޯސްޓް ބަލިވި ނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކުރާނީ ޖުމްލަ 16 ޓީމެކެވެ.
ގްރޫޕް ސީގެ ފަހު މެޗުގައި މި މަހުގެ 25 ވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 1:00ގައި އައިވަރީ ކޯސްޓް ނުކުންނާނީ ގްރީސް އާދެކޮޅަށެވެ.
މިގްރޫޕްގައި މިރޭ ރާއްޖެ ގަޑިން ދަންވަރު 3:00ގައި ބްރެޒިލްގެ އެސްޓާޑިއޯ ޑަސް ދުނާސް ސްޓޭޑިއަމްގައި ގްރީސް އާއި ދެކޮޅަށް ކުޅޭނީ ޖަޕާނެވެ.