މާލެއިން ފުރައިގެން ރ. އަލިފުއްޓަށް ދަތުރުކުރި ބޯޓެއް އެއަތޮޅު އުނގޫފާރު ނެރުގެފައިކަށިމައްޗަށް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:30 އެހައިކަންހާއިރު ކަމަށެވެ. އަދި އެ ބޯޓުން ދަތުރުކުރި އެންމެން މިހާރު އުނގޫފާރަށް ގެންގޮސްފައިވާ ކަމަށާއި އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.ެެ

އެހެންނަމަވެސް އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި މޫދުގައި ހަރަކާތްތެރިވި އުނގޫފާރު މީހަކު އަކުނިވަޔަށް ދެމުމާ ގުޅިގެން އެމީހާއަށް އުނގޫފާރު ރީޖަލަން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ފުޅަނގި" ނަމަކަށް ކިޔާ އަލިފުށީގެ އެ ބޯޓު ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި އުނގޫފާރު ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.