ލަންކާގައި ވިޔަފާރި ހިންގަމުންދާ ގިނަ އަދަދެއްގެ މުސްލިމުން ފިހާރަތަކާއި ރެސްޓޯރަސްޓުތައް ބަންދުކޮށް، "ބޮޑު ބަލަ ސޭނާގެ" ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް މިއަދު ހަރުތާލުކުރަން ފަށައިއެވެ.

ހަޅުތާލަކުރަމުންދާ ނިކަމެތިވެފައިވާ މުސްލިމުން ވަނީ އެމީހުންގެ މައްޗަށް ބޮޑު ބަލަ ސޭނާއިން ހިންގާ ޖަރީމާތައް ހުއްޓުވައި އަދަބު ދޭންޖެހޭ މީހުނަށް އަދަބު ދިނުމަށް ލަންކާގެ ސަރުކާރަށް ގޮވާލާފައެވެ.

"މުސްލިމް ރައިޓްސް އޯގަނައިޒޭޝަން" އިން ފެށި އެ ހަރުތާލުގައި ހާހަކަށް ވުރެ ގިނަ މުސްލިމުން ހިންގާ ފިހާރަތައް ބަންދުކޮށްފައިވާ ކަމަށް އެ ޖަމާއަތުގެ ރައީސް އިބްރާހީމް ނިސްތަރު މިފްލާލްއާ ހަވާލާދީ އޭޕީގައި ބުނެފައިވެއެވެ.

ފާޅުގައި މުސްލިމުންނާ ދެކޮޅައް ދޮގު ވާހަކަ ފަތުރައި ބޮޑެތި ހަމަނުޖެހުން ހިންގުމަށް ފާޅުގައި ގޮވާލައިފައިވާ ބޮޑު ބަލަ ސޭނާގެ ސެކްރެޓަރީ ޖެނެރަލް ގަލަގޮޑަ އައްތޭ ނަނަސަރަ ހައްޔަރުކުރުމަށްވެސް ހަޅުތާލަކުރާ މީހުން ވަނީ ގޮވާލާފައެވެ.

"އެހެންޏާ މީހުން ފުރިފައި ހުންނަ ފުރިވައިވާ ޕެއްޓާ ހޯލްސޭލް މާކެޓުވެސް މިއަދު ހުރީ ބަންދުކޮށްފައި. މި ހަޅުތާލަކީ ބޮޑު ބަލަ ސޭނާއާ ދެކޮޅަށާއި މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ލަންކާގެ ފުލުހުންގެ ނާކާމިޔާބުވެފައިވާތީ ކުރާ ހަޅުތާލެއް،" މުސްލިމު ވިޔަފާރިވެރިއެއް ބުންޏެވެ.