19 Jun 2014, 13:24
ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް ނެޓް ވޯކް ކަމަށްވާ "ފޭސްބުކް" އަށް ވަނުމަށް ދަތިތަކަކާއި ކުރިމަތިވުމަށް ފަހު އެކަން ހައްލުވެއްޖެއެވެ.
ފޫސްބުކް ޑައުންވެ ފޭސްބުކްއަށް ވަނުމަށް ދަތިތައް ކުރިމަތިވެފައިވަނީ މިއަދު މެންދުރުގެ 1:00 އެހައިކަންހާއިރު އެވެ. އެކަން ހައްލުވެ ފޭސްބުންގެ ހިދުމަތް އަލުން ލިބެންފަށާފައިވަނީ 1:30 ކަންހާއިރުއެވެ.
ފޭސްބުކް ޑައުންވެފައި ހުރި ވަގުތުތަކުގައިފޭސް ބުކަށް ވަނުމަށް ލޮގިން ވުމުން އަރަނީ މައްސަލައެއް ދިމާވެގެން އުޅޭތީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފޭސްބުކް ޑައުންވެފައިވާއިރު އެނެޓްވޯކްގެ އެއްވެސް އެޕުލިކޭޝަނެއް އޭރު ބޭނުމެއް ނުކުރެވެއެވެ. ނަމަވެސް މިހާރު އެކަން ވަނީ ހައްލު ކުރެވިފައެވެ.
ފޭސްބުކް ޑައުންވުމާއި ގުޅިގެން ފޭސްބުންއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފޭސްބުން ޑައުންވެފައިވާއިރު މިދޭތެރެއަކުން ވަނީ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް ނެޓްވޯކްތައް ކަމަށްވާ ޓުވިޓާއާއި ވައިބާއަށް ވެސް އެމައްސަލަ ދިމާވެފައެވެ.