19 Jun 2014, 11:54
ރާއްޖޭގެ ޓޫރިޒަމް ދާއިރާ ޕްރޮމޯޓް ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ "ޑެސްޓިނޭޝަން މާކެޓިން ވޯކްޝޮޕެއް ފަށައިފި އެވެ.
ނަސަންދުރާ ޕެލަސް ހޮޓެެލްގައި މިއަދު އެ ވޯކްޝޮޕް ފެށުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު ވިދާޅުވީ މިއަދު ބާއްވާ ވޯކްޝޮޕްުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރާނެ ސުޓްރެޖީއެއް ކަނޑައެޅުން ކަަމަށެވެ.
"މަގުސަދަކީ 2015 އިން 2017 އަށް ރާއްޖޭގެ ޓޫރިޒަމް މާކެޓްކެޓް ކުރާނެ ސުޓްރެޖީއެއް އެކުލަވާލުން،" ލިރާރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ އެއް ނަމްބަރު ޓޫރިޒަމް މަންޒިލަކަށް ރާއްޖެ ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު އެކަން ކާމިޔާބު ކުރެވޭނީ އެންމެން އެކަން ކުރުމަށް އަތާއި އަތް ގުޅާލައިގެން ކަމަށެވެ.
އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވެ އެވެ. އެ ވޯކްޝޮޕްގައި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ތަފާތު ޕްރެޒެންޓޭޝަންތައް ހުށައެޅުމާއި ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.