މި އަހަރުގެ ރޯދަ މަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސައި އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު ފަހު 2:30 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

އަދި، މި އަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ ވެސް ހެނދުނު 10:00 ން މެންދުރު ފަހު 2:30 އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.