ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަން ކުރީ އެ ބޭންކްގެ މެނޭޖަރު ކަސްޓަމާ އެކްސްޕީރިއަންސް މަގާމުގައި ކުރިން ހުންނެވި މޫސާ ނިމާލް އެވެ.

ބީއެމްއެލް އިން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ބޭނުމަކީ ބޭންކުން ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ގޮތުން އެ ބޭންކްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީއާ ހަވާލާދީ ބޭންކުން ބުނީ ކަސްޓަމަރުންނަށް ދޭން ޖެހޭ ހިދުމަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ނިމާލް މަސައްކަތް ކުރައްވާނީ ކަސްޓަމަރުން ހިތްހަމަނުޖެހޭ ކަންކަމާއި ހިދުމަތް ދިނުމުގައި ލަސްވާ ސަބަބުތައް ދެނެގަނެ އެކަންކަން ރަނގަޅުކުރަން" ކަމަށް އެންޑްރޫއާ ހަވާލާދީ ބޭންކުން ބުންޏެވެ.