އެސްޓީއޯ އިން "މެޕް ޔުއާ ފިޓްނަސް"ނަމުގައި އުސްފަސްގަނޑުގައި އިވެންޓެއް ބޭއްވުމަށް ނިންމައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެއިންވެންޓް ބޭއްވުމަށް ނިންމާފަ އިވަނީ މާދަމާ ހަވީރު 4:00 އަކުން 6:00 އަކަށް އުސްފަސްގަނޑުގައި ކަމަށެވެ.

"މި އިވެންޓްގައި އެސްޓީއޯ ވިއްކާ ބައެއް ތަކެތި ބޭނުންކޮށްގެން ސިއްހަތަށް ރަނގަޅު ފައިދާ ހުރި ކާނާ އުފެއްދުމާ ބެހޭ މައުލޫމާތާއި ބައެއް އެކްސަސައިޒްތައް ދައްކާލުމުގެ އިތުރުން، ތަފާތު މައުލޫމާތު ތައް ހިއްސާ ކުރުން އޮންނާނެ" އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ އިވެންޓްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު އެކިއެކި ކުޅިވަރުތައް އެތަނުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާޓޫން ކެރެކްޓާ ވެސް ބޭނުން ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެ ހަރަކާތަކީ ޓީއެފްޖީ އާއި އެލައިޑް އިންޝުއަރެންސާ ގުޅިގެން އެސްޓީއޯ އިން ކުރިއަށްގެންދާ އިވެންޓެކެވެ.

އުސްފަސްގަނޑަކީ އެސްޓީއޯ އިން ވޯލްކަޕަށް ހާއްސަ ކޮށްގެން ސުްކްރީނެއް ބަހައްޓާ ގިނަ ބަޔަކަށް ވޯލްޑް ކަޕު ބެލޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.