18 Jun 2014, 19:37
ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށާއި ވިލިމާލޭ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައިފިއެވެ.
ނާއިބް ރައީސް މިއަދު ވިލިމާލޭ ސިއްހީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި އެތަނުގައި އެޑުމިޓުކޮށްފައިވާ މީހުންގެ ހާލު ބައްލަވައިލެއްވިއެވެ. އަދި އެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އެތަނުގެ އިމާރާތަށް ބަދަލުތަކެއް ގެނައުމަށްޓަކައި ކުރަމުންދާ މަރާމާތުގެ މަސައްކަތް ބައްލަވާލައްވައި، އެކަމުގެ މައުލޫމާތު ވަނީ ހޯއްދަވާފައެވެ.
ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކުރައްވައި އެތަނުގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އަންނަ ކުދިންގެ ހާލު ބައްލަވާލައްވައި، އެތަނުގެ މުވައްޒަފުންނާ ނާއިބް ރައީސް ޑރ. ޖަމީލް ބައްދަލުކުރެއްވިއެވެ.
އެ ޒިޔާރަތް ކުރެއްވުމުގައި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި އައިޖީއެމްއެޗްގެ ސީއީއޯ ޑރ. މުހައްމަދު ހަބީބު ބައިވެރިވެވަޑައިގަތެވެ.
https://www.youtube.com/watch?v=HqhohylM8qA#t=181