މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ދެ ވެހިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ލޮރީ އަކާއި ކޮންޓެއިނާއެއް އުފުލާ ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ލޮރީ ދުއްވަން އިން ބިދޭސީ މީހާ އަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެމީހާ އަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެމްޕީއެލްގެ އިސް އޮފިޝަލަކު ވެސް ވަނީ އެމްޕީއެލް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ސަން އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.