ކެމަރޫން ކޮރޭއޭޝިޔާގެ ކުރިމަތުލުން ވެގެން ދާނީ މިރޭ ކުޅޭނެ ފޯރިގަދަ މެޗްތަކުގެ ތެރެއިން މެޗެކަށެވެ. މިރޭ މެންދަމު 3:00ގައި ކުޅޭ މި މެޗު ދެ ޓީމަށް ވެސް މުހިންމު ވަނީ މުބާރާތުގައި ދެ ޓީމު ވެސް ކުރިން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވުމުންނެވެ. އެންމެ ފަހުން ގްރޫޕް ސްޓޭޖްގައި ކްރޭއޭޝިޔާ ބަލިވީ ބްރެޒިލް އަތުންނެވެ. ކެމަރޫން ބަލިވެފައި ވަނީ މެކްސިކޯ އަތުންނެވެ. އެހެންކަމުން މިރޭ ބަލިވާ ކޮންމެ ވެސް އެއް ޓީމެއް މިފަހަރުގެ މުބާރާތުން އަލްވަދާއު ކިޔަން ޖެހޭނެ އެވެ.

މި މެޗަށް ކުރިމަތިލާ އިރު ކެމަރޫންގެ ކެޕްޓަން ސެމުއެލް އެޓޫ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރި ނަމަވެސް މި މެޗުން ފެންނާނެ ކަމަށް ބެލެވެ އެވެ. އަނިޔާގެ ސަބަބުން ކެމަރޫންގެ ވިންސެންޓް އަބޫބަކުރުގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ ޖިއާން މަކުން އެވެ.

ކްރޭއޭޝިޔާ ބްރެޒިލް ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު މަރިޔޯ މުޒްކިޗް މިރޭ ކޮރޭއޭޝިޔާގެ ފުރަތަމަ 11ގައި ތެރޭގައި ހިމެނިގެންދާނެ އެވެ. އެހެންކަމުން މިރޭ ނިކިއާ ޖެލަވިޗް ފެނިގެންދާނީ ބެންޗުންނެވެ.

* ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ މި ދެ ޓީމް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ މައިދާނުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފްރިކާ ގައުމަތަކާ އެކީ އެންމެ ފަހުން ކުޅުނު އެކުވެރި ކަމުގެ ތިން މެޗުން ވެސް ކްރޮއޭޝިޔާ ބަލިވެފައެއް ނުވެ އެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުން ވާދާކުރި އެފްރިކާގެ ގައުމުތަކުގެ ތެރެއިން މާލީއާ އެކު ކުޅުނު މެޗް 2-1 ކޮރޭއޭޝިޔާ ވަނީ ކާމިޔާބުކޮށްފަ އެވެ.

* ކެމަރޫން

އެންމެ ފަހުން ވޯލްޑްކަޕްގެ ކުޅެފައިވާ ފަސް މެޗުން ވެސް ކެމަރޫން ވަނީ ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުން އެންމެ ގިނަ މެޗުތަކުން ބަލިވި އެފްރިކާގެ ޓީމަކީ ވެސް ކެމަރޫން އެވެ. އަދި 14 މެޗު ކުޅުނު އިރު ހަތަރު މެޗުން އެއްވަރުވެ ނުވަ މެޗުން ވަނީ މޮޅުވެފައެވެ. ކެމަރޫން 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި ފަހުން ވޭތުވެ ދިޔަ ހަތަރު މުބާރާތުން ވެސް ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދެވިފައެއް ނެތެވެ. އަދި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްްވިޑަންއާ ވާދަކޮށް 2-2 އެއްވަރުވި މެޗު ފަހު ވޭތުވެ ދިޔަ 12 އަހަރު ތެރޭގައި ކެމަރޫންނަށް އެއް ގޯލަށް ވުރެ އިތުރަށް ޖެހިފައެއް ނުވެ އެވެ. ސެމުއަލު އެޓޫވަނީ އެންމެ ފަހުން ކެމަރޫން ކުޅުނު ތިން ވޯލްޑް ކަޕްގައި ވެސް ލަނޑުޖަހައިފަ އެވެ.

* ކްރޮއޭޝިޔާ

އެންމެ ފަހުން ކްރުޮއޭޝިޔާ ވޯލްޑް ކަޕްގަ ވާދަކުރި ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ކޮްރެޮއޭޝިޔާގެ މާރިޔޯ މަންޒުކިޗް އަކީ ކޮލިފައިންގައި އެންމެ ގިނަގޯލް ކޮްރެޮއޭޝިޔާ އަށް ޖަހައިދިން ކުޅުންތެރިޔާ އެވެ. މިހާތަނަށް ގައުމީ ޓީމަށް 27 މެޗު ކުޅެ 10 ގޯލް ޖަހައިދީފައިވެ އެވެ.