Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ވޯލްޑް ކަޕް: ބްރެޒިލް 0-0 މެކްސިކޯ
01:52
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ބްރެޒިލް މާޔޫސްކޮށްލި މެކްސިކޯގެ ހުޝިޔާރު ކީޕަރު ގުލިމޯ އޮޗާ.
01:50
ލަނޑެއް ނުޖެހި ބްރެޒިލާއި މެކްސިކޯ އެއްވަރުވެގެން މެޗު ނިމިއްޖެ.
01:48
މެކްސިކޯގެ ޖިމެނޭޒް ފޮނުވާލި ބާރު ޝޮޓް ހޫލިއޯ ސެސާ ދިފާއުކޮށްފި.
01:47
ފަހު ހާފުގެ އިތުރު ވަގުތުގެ 3 މިނިޓް ކުޅެން ދީފި.
01:42
ބްރެޒިލުން ނުރައްކާތެރި ހަމަލާއެއް. ކީޕަރު އޮޗާ ހުޝިޔާރު ކަމާއެކު ދިފާއުކުރީ.
01:41
ބްރެޒިލްގެ އޮސްކާގެ ބަދަލުގައި ޗެލްސީ ޓީމްމޭޓް ވިލިއަން ކުޅެން އަރައިފި.
01:40
މެކްސިކޯގެ ޑޮސް ސަންޓޯސްގެ ބަދަލުގައި ޖިމެނޭޒް ކުޅެން އަރުވައިފި
01:38
ޑޮސް ސަންޓޯސް ފޮނުވާލި ބާރު ހިލޭ ޖެހުން ޑޭވިޑް ލުއިޒް ދިފާއުކުރީ.
01:36
ހެނާންޑޭޒަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ތިއާގޯ ސިލްވާއަށް ރީނދޫ ކާޑެއް ދައްކައިފި. ބްރެޒިލްގެ އޭރިޔާ ބޭރުން މެކްސިކޯއަށް ހިލޭ ޖެހުމެއް.
01:33
މެކްސިކޯއިން ބަދަލެއް. މެދުތެރެއަށް ކުޅޭ ހެރޭރާގެ ބަދަލުގައި ކުޅެން އެރީ ފަބިއަން.
01:33
ޖޯ ފޮނުވާޅި ބޯޅަ ގޯލަށް އަމާޒެއް ނުވި.
01:30
މެކްސިކޯ ޓީމުން ބަދަލެއް. ޕެރަލްޓާގެ ބަދަލުގައި ކުޅެން އަރަނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، ހަވިއާ ހެނާންޑެޒް (ޗިޗަރިޓޯ).
01:28
ބްރެޒިލްގެ "ޖޯ" ގެ ނަމަކީ ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ފެނިގެން ގޮސްފައިވާ އެންމެ ކުރު ނަން.
01:26
ނޭމާ ފޮނުވާޅި ބާރު ހަމަލާއެއް މެކްސިކޯ ކީޕަރު ދިފާޢުކޮށްފި.
01:25
ބްރެޒިލް ޓީމުން ބަދަލެއް. ފްރެޑް ގެ ބަދަލުގައި ކުޅެން އެރީ ޖޯ.
01:20
މެކްސިކޯ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ވަޒްކޭޒް ނޭމާއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި. ބްރެޒިލަށް ލިބުނު ހިލޭޖެހުން ފޮނުވާލީ، ނޭމާ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
01:18
ބާނާޑަށް ފައުލު ކުރުމާ ގުޅިގެން މެކްސިކޯގެ އެގުއިލާއަށް ރީނދޫ ކާޑެއް.
01:11
ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ބޭރުން މެކްސިކޯއިން ބާރު ހަމަލާއެއް ފޮނުވާލައިފި
01:07
ދެވަނަ ހާފަށް ބްރެޒިލް ނުކުތް އިރު، އެ ޓީމުން ވަނީ ބަދަލެއް ގެނެސްފަ. ރަމިރޭސްގެ ބަދަލުގައި ކުޅެން ނުކުތީ ބާނާޑް.
01:02
ދެވަނަ ހާފްގެ ކުޅުން ފެށިއްޖެ
00:52
ފުރަތަމަ ހާފުގެ ތަފާސް ހިސާބުތައް:
ބޯޅަ ގެންގުޅެފައި ވާ ވަގުތަށް ބަލާއިރު، ބްރެޒިލް 54 ޕަސެންޓް، މެކްސިކޯ 46 ޕަސެންޓް.
މެކްސިކޯއިން 10 ފައުލް ކޮށްފައިވާއިރު ބްރެޒިލުން ކޮށްފައި ވަނީ 6 ފައުލް.
މެކްސިކޯގެ ގޯލަށް އަމާޒުކޮށް ބްރެޒިލުން 6 ހަމަލާ އުފެއްދި އިރު މެކްސިކޯއަށް ބްރެޒިލް ގޯލަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވޭ.
މުޅި މެޗުގައި ޖުމުލަ 13 ޝޮޓް ފެނިގެން ގޮސްފައި ވާ އިރު، އޭގެ ތެރެއިން 9 ޝޮޓް ފޮނުވާލީ ބްރެޒިލުން މެކްސިކޯއަށް ނެގުނީ 4 ޝޮޓް.
ބޯޅަ ގެންގުޅެފައި ވާ ވަގުތަށް ބަލާއިރު، ބްރެޒިލް 54 ޕަސެންޓް، މެކްސިކޯ 46 ޕަސެންޓް.
މެކްސިކޯއިން 10 ފައުލް ކޮށްފައިވާއިރު ބްރެޒިލުން ކޮށްފައި ވަނީ 6 ފައުލް.
މެކްސިކޯގެ ގޯލަށް އަމާޒުކޮށް ބްރެޒިލުން 6 ހަމަލާ އުފެއްދި އިރު މެކްސިކޯއަށް ބްރެޒިލް ގޯލަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވޭ.
މުޅި މެޗުގައި ޖުމުލަ 13 ޝޮޓް ފެނިގެން ގޮސްފައި ވާ އިރު، އޭގެ ތެރެއިން 9 ޝޮޓް ފޮނުވާލީ ބްރެޒިލުން މެކްސިކޯއަށް ނެގުނީ 4 ޝޮޓް.
00:50
00:47
00:46
އިތުރު ވަގުތުގެ އެއް މިނިޓުގެ ކުޅުމާއެކު ފުރަތަމަ ހާފު ކުޅުން ނިމިއްޖެ. ބްރެޒިލް 0-0 މެކްސިކޯ.
00:46
އިތުރު ވަގުތުގެ އެއް މިނިޓުގެ ކުޅުމާއެކު ފުރަތަމަ ހާފު ކުޅުން ނިމިއްޖެ. ބްރެޒިލް 0-0 މެކްސިކޯ.
00:45
ބްރެޒިލްގެ ރަމިރޭޒްއަށް ރީނދޫ ކާޑެއް.
00:44
މެކްސިކޯ ކީޕަރު އޮޗާގެ މޮޅު ސެވެއް. ތިއާގޯ ސިލްވާ ފޮނުވާލި ބާރު ޝޮޓު ކީޕަރު ވަނީ ވަރަށް ހުޝިޔާރު ކަމާއެކު ދިފާޢުކޮށްފައި.
00:37
މެޗުގެ މިހާތަނަށް އައި އިރު، ބްރެޒިލުން ވަނީ، މެކްސިކޯ ގޯލަށް ނުރައްކާތެރި 15 ހަމަލާ ފޮނުވާލާފައި، އޭގެ ތެރެއިން 7 ހަމަލާ ގޯލަށް އަމާޒުކޮށްފައި ވޭ. މެކްސިކޯއިން ހަތް ހަމަލާއެއް ފޮނުވާލި އިރު ގޯލަށް އަމާޒު ކުރެވުނީ 2 ހަމަލާ.
00:35
މެޗުގެ 36 މިނިޓްގެ ކުޅުން ނިމުނު އިރު އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ. އެހެން ނަމަވެސް ބްރެޒިލުން މިވަނީ، މެކްސިކޯ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައި.
00:29
00:25
ބްރެޒިލުން ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. ނޭމާ ފޮނުވާލި ބާރު ހަމަލާ މެކްސިކޯގެ ކީޕަރު އޮޗާ ދިފާއުކުރީ.
00:16
ބްރެޒިލްގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު ނޭމާއަށް ރޮވެނީ.
The emotion got too much for Neymar during Brazil's national anthem.http://t.co/TOU0HKAupH#bbcworldcuppic.twitter.com/ey3Eu5lhhs
— BBC Sport (@BBCSport)June 17, 2014
00:07
މެކްސިކޯ ހާފު މެދު ތެރެއިން އެޓީމު ކުޅުންތެރިއަކު ބްރެޒިލްގެ ނޭމާއަށް ފައުލުކުރުމުން ބްރެޒިލަށް ހިލޭ ޖެހުމެއް.
00:00
މެޗު ފަށައިފި.
00:00
ކިކްއޮފް ކުރަނީ ބްރެޒިލް ޓީމުން.
23:59
މެޗު ފަށަން ތައްޔާރުވެއްޖެ.
23:55
ބްރެޒިލްގެ ގައުމީ ސަލާމް.
ބްރެޒިލް ޓީމުގެ ފުރަތަމަ 11:
23:54
މިހާރު ކުރިއަށް ދަނީ މެކްސިކޯގެ ގައުމީ ސަލާމް.
މެކްސިކޯ ޓީމުގެ ފުރަތަމަ 11:
23:54
ދެޓީމު ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ.