ރޯދަމަށް ހާއްސަ ކޮށްގެން މިފްކޯއިން މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފި އެވެ.

މީގެ ކުރިން 870 ރުފިޔާއަށް ވިއްކި މިފްކޯ ތެޔޮ މަސް ކޭހެއް މިހާރު ވިއްކުމަށް ނިންމާފައި ވަނީ 799 ރުފިޔާއަށެވެ. ތެޔޮ މަސް ވަކި ދަޅެއް ކުރިން 19 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު ވިއްކުމަށް ނިންމާފައިވަނީ 17 ރުފިޔާ އަށެވެ.

ކުރިން ފެން މަސް ކޭހެއް 830 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު ވިއްކަން ނިންމާފައިވަނީ 760 ރުފިޔާއަށެވެ. އަދި ކުރިން 18 ރުފިޔާ އަށް ވިއްކި ފެން މަސް ދަޅެއް މިހާރު ވިއްކަން ނިންމާފައިވަނީ 16.50 ރުފިޔާ އަށެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަގުގައި މިއަންނަ ބުރާފަތި ދުވަހުން ފެށިގެން މިފްކޯއިން މަސް ދަޅު ވިއްކަމުން ދާނެ ކަމަށެވެ.

މިފްކޯއިން މަސް ވިއްކާ އަގު ހެޔޮ ކޮށްފައިވާ އިރު ސަރުކާރުގެ ކުންފުނިތަކުން ވަނީ ރޯދަ މަހު ބާޒާރުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް ޓަކައި އާންމު ކޯބޯތަކެތީގެ އަގުތައް ހެޔޮ ކުރުމަށް މަސައްކަތް ތަކެއް ފަށަައިފަ އެވެ.