17 Jun 2014, 15:22
ނުކުޅެދޭ ކޮއްކޮއާ ބެހުނު ކަމުގެ ތުހުމަތުގައި ކ. އަތޮޅުގެ ރަށަކުން ހައްޔަރުކުރި، އެ ކުއްޖާގެ ބޭބެގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ. ކޮންމެ ފަހަރަކު ވެސް ބަންދުގެ މުއްދަތަކަށް އިތުރުކޮށްފަ ވަނީ 15 ދުވަހަށެވެ.
މިދިޔަ މަހުގެ 12 ދުވަހު ހައްޔަރުކޮށްފައިވާ އުމުރުން 24 އަހަރުގެ އެމީހަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއާ އައިލީ ގޮތުން ގުޅުން ހުރި މީހެއްކަން ސަން ވަނީ އެނގިފަ އެވެ.
އެނގިފައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ކުއްޖާ އަށް ޖިންސީ ގޯނާ ކުރަމުން އައިސްފައިވާކަން އެ ކުއްޖާގެ އާއިލާ އަށް އެނގިފައި ވަނީ އެ ކުއްޖާގެ ދޮންބައްޕަ ކައިރި އެވާހަކަ ދެއްކުމުންވެ. އެ ކުއްޖާގެ އާއިލާ އިން ކިޔައިދިން ގޮތުގައި އެކި ފަހަރުގެ މަތިން އެމީހާ ވަނީ އެ ކުއްޖާ އަށް ޖިންސީ ކޯނާކޮށްފަ އެވެ.