ރޭ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޖީގައި ޖަރުމަނާއި ޕޯޗުގަލް ވާދަކޮށް 4-0 އިން ޖަރުމަނު މޮޅުވި މެޗުގައި 3 ގޯލުޖަހައިގެން މުލާ އަށް ފަހުރުވެރިވެވެން ނެތް ކަމަށާއި މުލާ އަށް ވެސް ރަތްކާޑު ދައްކައިގެން ދަނޑުން ފޮނުވާލަން ޖެހޭނެ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ މައްޝޫރު ރެފްރީ ގްރެހަމް ޕޯލް ބުނެފި އެވެ.

އައިޓީވީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގެރެހަމް ވަނީ ރޭގެ މެޗުގެ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މުލާ އަށް ވީތަދަށް ވުރެ ބޮޑަށް އެކްޓްކޮށްފަވާ ކަމަށާއި އޭނަގެ އެކްޓިންނަށް ރަތްކާޑު ދައްކަން ޖެހޭ ކަމަށް ވެސް ގްރެހަމް ބުންޏެވެ.

އިނގިރޭސި ރެފްރީ ގްރެހަމް ވަނީ ރޭގެ މެޗުގައި ޕޯޗުގަލްގެ ޑިފެންޑާ ޖޮއާާއޯ ޕެރޭރާ އަށް ދެއްކި ކާޑަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޖަރުމަނުގެ މާރިޔޯ ގޯޓޭޒް އަށް ޕެރޭރާ ކުރި ފައުލަކީ ގޯލެއް ޖެހޭތޯ ޕެނެލްޓީ އެރިޔާ ތެރެއަށް ބޯޅަ ހިފައިގެން ދާންވެގެން އެރިޔާ ބޭރުން ގޯޓޭޒް ބޭރުން ނައްޓާލިތަނާ ކުރި ފައުލްއެކެވެ. ސާބިޔާގެ ރެފްރީ މަޒިޗް ދެއްކީ ރީނދޫކާނޑެކެވެ. އެ ފައުލްގައި ގްރެހަމް ޕޯލް ބުނެފައި ވަނީ ޕޯޗުގަލްގެ ޕެރެރާ އަށް ރަތްކާނޑު ދައްކައި ފޮނުވާލަން ޖެހޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ގްރެހަމް ޕޯލްއަކީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކޮރެއޭޝިޔާ އާއި އޮސްޓްރޭލިޔާ ވާދަކުރި މެޗްގައި ކޮރޮއޭޝިޔާގެ ޖޯސެޕް ސުމިނިޗް އަށް ތިން ރީނދޫ ކާޑު ދެއްކި އިރު ވެސް ނޭގުނު ރެފްރީއެކެވެ. އެމެޗަށް ފަހު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ބައިނަލް އަގުވާމީ މެޗްތަކުގައި ރެފްރީކަން ކުރުން ހުއްޓާލި އެވެ. ރެފްރީކަމުން ރިޓާޔާކުރީ 2007ގަ އެވެ.